Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެމްއޭސީއެލްއަށް ސީއީއޯއެއް ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް ސީއީއޯއެއް ހޯދަން އިއުލާންކޮށްފިއެވެ.

މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވި ފަހުން އެކުންފުނީގެ ސީއީއޯއެއް ހޯދަން އިއުލާންކުރި ފުރަތަމަ ފަހަރެވެ. އެތަން ހިންގެވުމާ މިހާރު ހަވާލުވެ ހުންނަވަނީ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ބޮޑުބޭބޭފުޅެވެ.

ބޭރުގެ ބައެއް ނޫސްތަކާއި އެމްއޭސީއެލްގެ ވެބްސައިޓްގައި ކޮށްފައިވާ އިއުލާންގައި ވާގޮތުން އެމްއޭސީއެލްގެ ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތްތަކީ ވަރަށް ތަޖުރިބާކާރު ބޭފުޅަކަށް ވާންޖެހެއެވެ. އެގޮތުން އޭވިއޭޝަންގެ ދާއިރާއިން 15 އަހަރުގެ ތަޖުރިބާ ހުންނަންޖެހެއެވެ. ސީނިއަ މެނޭޖްމެންޓް ލެވެލްގައި 10 އަހަރު، އަދި "ސީ-ސޫޓް ލެވެލް" ގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވާ މީހަކަށް ވެސް ވާން ޖެހެއެވެ.

Advertisement
Ooredoo — Truecaller (box)

ތައުލީމީ ގޮތުން ޝަރުތެއް ކަމަށް ކަނޑައަޅާފައި ވަނީ އޭވިއޭޝަން ދާއިރާއިން ޕޯސްޓް ގުރެޖުއޭޓް ޑިގްރީއެއް އޮތުމެވެ. ސީއީއޯ ނަގަނީ ފުރަތަމަ ތިން އަހަރުގެ މުއްދަތަށެވެ. އެކަމަކު އެގްރިމެންޓް އާ ކުރުމުގެ ފުރުސަތު ލިބެއެވެ. މީގެއިތުރުން ކުންފުނީގެ ތަސައްވުރު ކަނޑައަޅައި، ސްޓްރެޓެޖީތައް އެކުލަވާލައި އަމާޒުތައި ޒިންމާތައް ފުރިހަމަ ކުރުމުގެ ގާބިލުކަން ހުރި މީހަކަށް ވާންޖެހެއެވެ. އަދި ކަންތައްތަކުގެ ތެރެއަށް ވަދެ އެކަށޭނަ ގޮތެއްގައި އެކަންކަމާ ކުރިމަތިލާ، އުނދަގޫ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ގާބިލުކަން ހުރުމާއި މީހުން ތަރައްގީކޮށް ބިނާކުރުމުގެ ހުނަރުގެ އިތުރުން ސަރުކާރުތަކާއި ބައިނަލް އަގުވާމީ ޖަމާއަތްތައް އަދި މުޖުމައާ އެއްފަހަރާ މުއާމަލާތްކުރުމުގެ ގާބިލުކަން ހުންނަންޖެހެއެވެ.

އެމްއޭސީއެލްގެ ސީއީއޯގެ މަގާމަށް ބޭފުޅަކު ހޯދަން އިއުލާން ކޮށްފައިވާއިރު މީގެކުރިން އެމަގާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް