Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

އިިންޑިއާ އިން ކޮރޯނާ ވައިރަސް ފެނިއްޖެ

ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު އިންޑިއާ އިން މިއަދު ފެނިއްޖެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވައިރަސް ފެނިފައި ވަނީ ޗައިނާގެ ވޫހާން ސިޓީން އިންޑިއާ އަށް ދަތުރުކުރި ދަރިވަރެއްގެ ގައިން ކަމަށެވެ. ވަރައިސް ފެނިފައި ވަނީ ކެރެލާ އިންނެވެ.

ޕްރެސް އިންފޮމޭޝަން ބިއުރޯ އިން ބުނީ ވައިރަސް ފެނުނު މީހާ ހޮސްޕިޓަލްގައި އައިޒޮލޭޝަން ވޯޑެއްގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި ޑޮކްޓަރުން ދަނީ ބަލި މީހާގެ ހާލަތު ވަރަށް ގާތުން ބަލުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން، އިންޑިއާގައި ބި ބައްޔަށް ޝައްކުވާ އިތުރު ބަޔަކު ތިބިއިރު، އޭގެ ތެރެއިން 18 މީހެއްގެ ޓެސްޓު ހަދަން ވަނީ ފޮނުވާފައެވެ. އަދި އިތުރު 10 މީހަކަށްވެސް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

އިންޑިއާއާ އެކު ކޮރޯނާވައިރަސް ފެނުނު ގައުމުތަކުގެ އަދަދު މިހާރު ވަނީ 17 އަށް އަރައިފަ އެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް 170 މީހުން މަރުވެފައިވާ އިރު 7،711 މީހުންނަށް ވައިރަސް ވަނީ އަރައިފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް