Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސިޓީތަކަށް އަމާޒުކޮށްގެން "ރައްކާ" ކެމްޕޭން ފަށައިފި

ފުލުހުންނާއި އެލައިޑް އިންޝުއަރެންސް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ "ރައްކާ" ކެމްޕޭންގެ ފަސް ވަނަ އެޑިޝަންގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

"ރައްކާ" ކެމްޕޭނަކީ މަގުމަތީގެ ރައްކާތެރިކަމަށް މީހުން އަހުލުވެރިކުރުވަން ފާއިތުވި ފަސް އަހަރު އެލައިޑާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނެކެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މި ކެމްޕޭން ކުރިއަށް ގެންދިޔަ ނަމަވެސް މި އަހަރުގެ ކެމްޕޭން ހާއްސަ ކޮށްފައިވަނީ މާލެ އާއި އައްޑޫ އަދި ފުވައްމުލަކަށެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަފާޒު އެވެ. އަދި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

Advertisement
Ooredoo — Square (box)

މިއީ އެލައިޑާއި ފުލުހުން ގުޅިގެން މި ކެމްޕޭން ކުރިއަށްގެންދާ ފަސްވަނަ އަހަރެވެ. މިއަހަރުގެ ކެމްޕޭން ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ރާއްޖޭގެ ހަތަރު ސިޓީއަށް އަމާޒުކޮށްގެންނެވެ.

މި ކެމްޕޭނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެލައިޑުގެ އެމްޑީ ޝަފާޒު ވިދާޅުވީ މިއަހަރުގެ ކެމްޕޭނުގައި ސްކޫލްތަކުގެ ކުދިންނާއި ޓެެކްސީ ޑްރައިވަރުންނަށް މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރި ކުރަން އިސްކަމެއް ދީފައިވާނެ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ކުރީ އަހަރުތަކުގައި މި ކެމްޕޭން ވަކި މުއްދަތަކަށް ކުރިއަށްގެންދިޔަ ނަމަވެސް މިއަހަރުގެ ކެމްޕޭން މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާނެ ކަމަށެވެ. އަދި މި ކެމްޕޭނަކީ އެންމެންނަށް މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމުގެ މަގުސަދުގައި ހިންގާ ކެމްޕޭނެއް ކަމަށް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް