Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮރޯނާ ވައިރަސް ފެނިފައިވާ ގައުމުތަކަށް ދަތުރުނުކުރުމަށް ސަރުކާރުން އިލްތިމާސް ކޮށްފި

މިހާރު ވަރަށް ހަލުވި މިނެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސް، ފެނިފައިވާ ގައުމުތަކަށް ދިވެހިން ޒިޔާރަތް ނުކުރުމަށް ސަރުކާރުން އިލްތިމާސް ކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އަދި ހެލްތް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ކޮންމެހެން ކުރަން ޖެހޭ ދަތުރެއްގައި ނޫނީ ކޮރޯނާ ވައިރަސް ފެތުރިފައިވާ ގައުމުތަކަށް ނުދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިގޮތުން، ޗައިނާ އާއި ބަލި ފެނިފައިވާ ގައުމުތަކަށް ދަތުރު ނުކުރުމަށް ސަރުކާރުން ދިވެހިންނަށް ޓްރެވަލް އެޑްވައިޒަރީއެއް މިއަދު ނެރޭނެ ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ކޮރޯނާ ވައިރަސް ރާއްޖެ އައުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް މިވަގުތަށް ހުއްޓާލުމަށް ނިންމާފައިވާ ކަންވެސް އިއުލާން ކުރައްވާފައެވެ.

ޗައިނާގެ ހުރިހާ ސަރަހައްދަކުން މިހާރު ކޮރޯނާ ވައިރަސް ފެތުރިފައިވާއިރު، އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 170 އަށް ވަނީ އަރާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް