ޚަބަރު

ވައިރަހާ ގުޅިގެން ޓޫރިސްޓުންނަށް އެހީވާން ހެލްޕް ޑެސްކެއް

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ފަތުރުވެރިންނަށާއި އޮޕަރޭޓަރުންނަށް އެހީތެރިވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޓޫރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކްއެއް ޤާއިމްކޮށްފިއެވެ.

Ads by Sosun Fihaara

ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ހާލަތް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާކަމަށެވެ. އެގޮތުން ފަތުރުވެރިންނާއި ޓޫރިޒަމް ސިނާޢަތުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އެހީތެރިވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިނިސްޓްރީގެ ހެލްޕް ޑެސްކެއް ޤާއިމްކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލާތު ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މިނިސްޓްރީގައި "ސިޗުއޭޝަން މޮނިޓަރިންގ ޔުނިޓް" އެއް ޤާއިމްކޮށްފައިވާކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އަދި ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ މިނިސްޓްރީގެ "ސިޗުއޭޝަން މޮނިޓަރިންގ ޔުނިޓް"ގެ ހޮޓްލައިން ނަންބަރު 7223131 އަދި ހެލްޕް ޑެސްކް ނަންބަރު 9423131 އަށް ގުޅުއްވުމަށް މިނިސްޓްރީން އެދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!