ޚަބަރު

ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ހަލުވި މިނެއްގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަހަށް ޝައްކުވާ މީހެއް ރާއްޖެއިން ފެނިއްޖެއެވެ.

Ads by STELCO

ރާއްޖެއިން އެ ވައިރަހަށް ޝައްކުވެފައިވާ މީހެއް ފެނިފައިވާކަން ހާމަކޮށްފައިވަނީ ހެލްތް މިނިސްޓްރީ އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ރޭގެ ވަގުތެއްގައި އައި 20 އަހަރުގެ ދިވެއްސެއް ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ މިހާރު އޭނާ ވަނީ ކަރަންޓީނު ކޮށްފައި ކަމަށެވެ.

މިނިސްޓަރ އަމީން ވިދާޅުވީ އެ ޒުވާނާ މިހާރު ހުރީ ކ.ފުނަދޫގެ އައިޒޮލޭޝަން ފެސިލިޓީޒްގައި ކަމަށެވެ. އޭނާގެ ހާލު މި ވަގުތު ރަނގަޅު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 170 އަށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 7700 އަށް ވުރެ އިތުރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!