ޚަބަރު

މިއަދަކީ ރާއްޖޭގެ ޑިމްކޮރަސީގެ ރީތި ނަމޫނާ ފެނިގެންދާނެ ދުވަހެއް: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

މިއަދަކީ ރާއްޖޭގެ ޑިމްކޮރަސީގެ ރީތި ނަމޫނާ ފެނިގެންދާނެ ދުވަހެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީ މިއަދު އޮންނާނެ އެވެ. މެންދުރު 14:30 ފެށިގެން 19:30 ހަމައަށް ވޯޓް ނެގުން ކުރިއަށްދާނެ އެވެ.

މިއަދުގެ ޕްރައިމަރީގައި 909 ކެންޑިޑޭޓުން ވާދަކުރާއިރު މި ކެންޑިޑޭޓުންނަށް ވޯޓުލުމަށް 169 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތް ހިނގާނެ ދުވަސް ކަމަށެވެ. އެމްޑީޕީން ބުނީ މިއަދުގެ ޕްރައިމަރީއަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، އެތައް ހާސް ބަޔަކު ނިކުމެ ވޯޓުލާނެކަމަށެވެ.

"އެމްޑީޕީގެ އެތައް ހާސް މެންބަރުން ނިކުމެ ވޯޓް ދެއްވާ ޑިމޮކްރަސީގެ ރިވެތި އުސޫލު ދައްކަވައިދެއްވާނެ ދުވަހެއް." ނަޝީދުގެ ޓްވީޓްގައި ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!