ޚަބަރު

ރާއްޖޭގައި ތިބި ޗައިނާގެ ޓޫރިސްޓުން ގެންދިއުމަށް ޗާޓާ ފްލައިޓްތަކެއް އަންނަނީ

ދެން އެމްވީ ، ދެން އޮންލައިން

ސީދާ ޗައިނާއިން މިއަދު ރާއްޖެ އަންނަ ފްލައިޓްތަކަކީ، ރާއްޖޭގައި ތިބި ޗައިނާގެ ފަތުރުވެރިން ބަލާ އަންނަ ހުސް ޗާޓަރު ފްލައިޓްތަކެއް ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

Ads by MWSC

ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން އިއްޔެ ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ޑައިރެކްޓް ދަތުރުތައް މެދުކަނޑާލާފަ އެވެ. އެގޮތަށް ނިންމާފައިވަނިކޮށް ޗައިނާގެ ފްލައިޓްތަކެއް މިއަދު ވަނީ ރާއްޖެ އަށް އައިސްފަ އެވެ. އެއާއެކު ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު ރާއްޖޭގެ އެކި ރިސޯޓުތަކުގައި ތިބި އެގައުމުގެ އެތައް ހާސް ފަތުރުވެރިންތަކެއް އަނބުރާ ގައުމަށް ގެން ދިޔުމަށް ޓަކައި ޗާޓަރުކޮށްފައިވާ ފްލައިޓުތަކެއް ރާއްޖެ އަންނަމުންދާ ކަމަށެވެ.

ސަފީރުގެ ޓްވީޓް ރީޓްވީޓް ކުރައްވައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. އެ ކުންފުނިން ބުނީ އެ ފްލައިޓްތައް އަންނައިރު، އޭގައި އެއްވެސް ފަސިންޖަރަކު ނުތިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް ހުއްޓާލުމަށް ނިންމި ނިންމުމަށް އަމަލު ކުރަނީ މިއަދުން ފެށިގެން ކަމަށް ސިވިލް އޭވިއޭޝަނުން ނެރުނު އެޑްވައިޒަރީގައިވެ އެވެ.

ޗައިނާއިން ރާއްޖެ އައި 20 އަހަރުގެ ދިވެއްސެއް ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ރޭ ވަނީ ކަރަންޓީނު ކޮށްފަ އެވެ. އެ ޒުވާނާގެ އަރިދަފުސް ރޯގާގެ އަލާމާތް ހުރުން ފިޔަވާ އިތުރު ސިއްހީ މައްސަލައެއް ނެތް ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!