Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހެޕީ މާކެޓުން ހޭންޑް ސެނިޓައިޒަރާއި މާސްކް ހެޔޮ އަގެއްގައި ވިއްކަނީ

ކޮރޯނާ ވައިރަހާ ގުޅިގެން ހެޕީ މާކެޓުން ހޭންޑް ސެނިޓައިޒަރާއި މާސްކް ވެސް ހެޔޮ އަގެއްގައި ވިއްކަން ތައްޔާރުވާން ފަށައިފިއެވެ.

ހެޕީ މާކެޓުގެ ސީއީއޯ އަލީ އިހުސާން މިއަދު ވިދާޅުވީ މުޅި ދުނިޔެ ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ބައެއް ވިޔަފާރިތަކުން، ސިއްހީ ގޮތުން ރައްކާތެރިވުމަށް ބޭނުންވާ ޒަރޫރީ މުދާ އަގުބޮޑުކޮށް ވިއްކުމަކީ ވިޔަފާރި ކުންފުންޏެއް ހިންގުމުގެ ޒިންމާ އަދާކުރާ މީހެއްގެ ހައިސިއްޔަތުން ވަރަށް ހިތާމަކުރާ ކަމެއް ކަމަށެވެ.

އަދި މިފަދަ ދަނޑިވަޅެއްގައި އިޖުތިމާއީ ޒިންމާ އަދާކުރުމަށް ވިޔަފާރި ހިންގަވާ ފަރާތްތަކަށް އިހުސާން ވަނީ ގޮވާލާފައެވެ.

Advertisement
Allied — Dhen Online (box)

އިހުސާން ވިދާޅުވި ގޮތުގައި ހެޕީ މާކެޓުން ވަނީ އެ ކުންފުނިން ވިއްކާ ބަލްކް ހޭންޑް ސެނިޓައިޒާގެ އަގު، ވިއްކޭނެ އެންމެ ކުޑަ އަގަތަކަށް ތިރިކޮށްފައެވެ. އަދި ސާޖިކަލް މާސްކް ޝިޕްމެންޓެއް އެތެރެކޮށް އޭގެ އަސްލު އަގުގައި ރައްޔިތުންނަށް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

މާސްކްގެ ޑިމާންޑް މި ދުވަސްވަރު ބޮޑުވެފައިވާއިރު ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ މިވަގުތަށް ރާއްޖެ އަށް ބޭނުންވާ ވަރަށް މާސްކް ހުރި ކަމަށް އިއްޔެ ވިދާޅުވެފައެވެ.

މި ބަލީގައި މިހާތަނަށް ޗައިނާ އިން ވަނީ 213 މީހުން މަރުވެފައެވެ. އަދި މި ބަލި މިހާތަނަށް ޗައިނާގެ 9000 އަށްވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް