ދުނިޔެ

ރަޝިއާގައި ވެކްސިން ޖެހުމަށް ދެކޮޅު ހަދާ މީހުން މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑް ކުރަނީ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19އިން ރައްކާތެރިވުމަށް ރަޝިއާއިން އަޅައިފައިވާ ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިން ވެކްސިން ޖަހަން އެޤައުމުގެ ސަރުކާރުން މަޖުބޫރުކޮށްފައިވާ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ވެކްސިން ޖެހުމާ ދެކޮޅު ހަދާ ނަމަ މުސާރަ ނުހިނގާ ގޮތަށް ނޯޕޭ ލީވްއަކަށް ދާން ޖެހޭނެ ކަމުގެ އިންޒާރު އެޤައުމުން ދީފިއެވެ.

Ads by Sosun Fihaara

ރަޝީއާގެ މަސައްކަތްތެރިންނާ ބެހޭ މިނިސްޓްރީ، މިނިސްޓްރ އޮފް ލޭބާރ އެންޓަން ކޮޓްޔަކޯވް ވިދާޅުވީ، މި ދަނޑިވަޅުގައި އެންމެ ބޮޑަށް ސަރުކާރުން ސަމާލުކަން ދޭނީ ސިއްޙީ ދާއިރާގެ ބޭފުޅުންގެ އިރުޝާދަށް ކަމަށާއި އަދި މިވެނި ދާއިރާއެއްގެ ބޭފުޅުން ވެކްސިން ޖަހަން މަޖުބޫރު ކަމަށް ސިއްހީ މާހިރުން ވިދާޅުވެއްޖެ ނަމަ އެކަން އެ ދާއިރާއެއްގައި މަސައްކަތް ކުރާ އެންމެން ކުރައްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް ކަން ކުރަން ބޭނުން ނޫން ނަމަ ގޭގައި މަޑު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ، މިނިސްޓަރ އިންޒާރު ދެއްވިއެވެ.

މީގެ އިތުރުން އެ ދާއިރާއެއްގެ މީހުން ވެކްސިން ޖަހަން މަޖުބޫރު ކަމަށް ކަނޑައަޅާފައި އޮތް ޤަރާރު އޮތްހައި ދުވަހަކު މިގޮތަށް މަޤާމާ ދުރުގައި ސަސްޕެންޝަންގައި ހުންނަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގެ ހިދުމަތް ދިނުމުގެ ދާއިރާގައި އުޅޭ މުވައްޒަފުން ވެކްސިން ޖެހުން މަޖުބޫރު ކަމަށް މިހާރު ވެސް ވަނީ ކަނޑައަޅައިފައެވެ. އަދި ބޮޑެތި އިތުރު ސިޓީތަކުގައި ވެސް މިގޮތަށް ކަނޑައަޅައިފައި ވެއެވެ.

ސަރުކާރުން ބޭނުން ވަނީ އޯގަސްޓް 15ގެ ކުރިން އެ ދާއިރާގެ 60 ޕަސެންޓު މީހުންގެ ވެކްސިން ފުރިހަމަ ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. ރަޝީއާގައި ކޮވިޑް-19 އިތުރު ރާޅެއް އަރައި ކޮވިޑް-19 ފެތުރުން އަނެއްކާވެސް އިތުރުވެފައި ވަނިކޮށް، އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އަނެއްކާ ވެސް ވަނީ ވަރުގަދަކޮށްފައެވެ.

މިދިޔަ ޑިސެންބަރު މަހުން ފެށިގެން ރަޝިއާގައި ވެކްސިން ޖަހަން ބޭނުންވާ އެންމެނަށް ސަރުކާރުން ހިލޭ ވެކްސިން ފޯރުކޮށްދިން ނަމަވެސް އެ ޤައުމުގައި މިހާތަނަށް ވެކްސިން ޖަހައިފައި ވަނީ، ވެކްސިން ޖެހޭ އާބާދީގެ އެންމެ 13 އިންސައްތަ މީހުންނެވެ. ރަޝިއާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރަޝިއާގައި އުޅޭ ގިނަ ފަރާތްތަކުން ވެކްސިން ޖެހުމާ ދެކޮޅެވެ. ރަޝިއާއަކީ ޔޫރަޕްގައި އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ޤައުމު ވެސް މެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!