Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަޖިލީހުގެ ދައުރު އިތުރު ހަފްތާއަކަށް ދަންމައިލަނީ

މަޖިލީހުގެ ދައުރު އިތުރު ހަފްތާއަކަށް ދަންމައިލަނީ

ކޮމެޓީތަކުގެ މަސައްކަތައް ނުނިމި ހުރުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު އިތުރަށް ދަންމާލަން މަޖިލީހުގެ ރިޔާސަތުން އެދިވަޑައިގަންނަވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި، ވާހަކަދައްކަވަމުން މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް، އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް އިތުރު ހަފްތާއަކަށް ދިގު ދަންމައިލުމަށް ވޯޓަށް އެހޭނެ ކަމަަށާއި ވޯޓަށް އަހާނީ މިދައުރު އިތުރު ހަފްތާއަކަށް ދަންމާލުމަށް ކަމަށެވެ.

އީވާ ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގައި ނިންމަންޖެހޭ ގިނަ މަސައްކަތްތައް ހުރުމުންނާއި، އެ މަސައްކަތްތައް ނިންމުމަށް އިތުރު ހަފްތާއެއް ބޭނުންވާކަމަށް ކޮމެޓީތަކުގެ މުޤައްރިރުން ވިދާޅުވެފައިވާތީ އަންނަމަހުގެ 8 ވަނަ ދުވަހާ ހަމައަށް މަޖިލީހުގެ ދައުރު ދަންމާލުމަށް އެދޭ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ރާއްޖޭގެ ކޮވިޑްގެ ހާލަތުގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އެހެން ނަމަވެސް ކޮމިޓީގެ ބައްދަލުވުންތަކަށް މެމްބަރުން މަޖިލީހަށް ހާޒިރުވާކަން ފާހަގަކޮށްލެވެއެވެ.

ގާނޫނުލް އުގޫބާތައް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި އިސްލާހާ އެކު މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެ ބަހުގެ ހޫނު ހަމަލާތައް މަޖިލިސް ޖަލްސާތަކުގައާއި ސޯޝަލް މީޑިޔާގައި ދަނީ ދެމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް