ދުނިޔެ

ކޮކާކޯލާގައި "ފްރީ ފަލަސްތީނު" ނުޖެހޭތީ ހޫނު ފެނަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުޅި ދުނިޔޭގައި ވެސް އެތައް ބަޔަކު ބޭނުން ކުރާ މަޝްހޫރު ބުއިމެއްް ކަމުގައިވާ ކޮކާކޯލާ ފުޅީގެ ލޭބަލްގައި "ފްރީ ފަލަސްތީނު" ނުޖެހޭތީ ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި ކޮކާކޯލާ ކުންފުނިން ދާދި ފަހުން ވަނީ، ކަސްޓަމަރުން ބޭނުން ގޮތަކަށް އެ ފުޅީގެ ލޭބަލް ހެދޭ ފަދަ ޓޫލެއް ތައާރަފް ކޮށްފައެވެ.

ނަމަވެސް އެ ޓޫލް ބޭނުން ކޮށްގެން ވެސް "ފަލަސްތީނު"ގެ ނަން ލޭބަލްގައި ނުޖެހޭތީ އެތައް ބަޔަކު ވަނީ ނުރުހުން ފާޅު ކޮށްފައެވެ. ފަލަސްތީނުގެ ނަން ނުޖެހުނު ކަމުގައިވިޔަސް "ވައިޓް ޕްރައިޑް" އަދި "ޤަނޮން" ފަދަ ބަސްތައް ބޭނުން ކުރެވޭތީ ވެސް ކޮކާކޯލާ ކުންފުންޏަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

ކޮކާކޯލާ ފުޅީގެ ލޭބަލުގައި "ފްރީ ފަލަސްތީނު" ޖަހަން ބޭނުންވާ ފަރާތްތަކަށް "ފަލަސްތީނު" ނުޖެހޭތީ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، އެ ފުޅިތަކުގެ ލޭބަލުގައި "ބްލެކް ލައިވްސް މެޓަރ" ވެސް ނުޖެހޭތީ ގިނަ މީހުން ނުރުހުން ފާޅުކޮށްފައިވެއެވެ.

މިއީ ކޮކާކޯލާ ކުންފުނިން ވަކި ކޮޅަކަށް ބުރަވެ ހަދައިފައިވާ ޓޫލެއްކަމަށް ގިނަ މީހުން ވަނީ ބުނެފައެވެ. ސަބަބަކީ އެ ޓޫލް ބޭނުން ކޮށްގެން "ވައިޓް ޕްރައިޑް" "ފެސިޒަމް" އަދި "ނާޒީސް ރޫލް" ފަދަ ބަސްތައް ލޭބަލްގައި ޖެހޭތީކަން ވެސް އެ މީހުން ފާހަގަ ކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!