ދުނިޔެ

ބަނގްލަދޭޝްގެ 50 ވަނަ މިނިވަން ދުވަސް ފާހަގަ ކުރީ އައު 50 މިސްކިތާ އެކު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ބަނގްލަދޭޝްގެ ސަރުކާރުން އެޤައުމުގައި އަޅަން ނިންމައިފައިވާ 500 މިސްކިތުގެ ޕްރޮޖެކްޓްގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

Ads by WAMCO

މާރިޗް 26 ވަނަ ދުވަހު ބަނގްލަދޭޝްގެ 50 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ގައުމުގައި 50 މިސްކިތުގެ ޕްރޮޖެކްޓެއް ވަނީ އިފްތިތާޙް ކޮށްފައެވެ. 500 މިސްކިތް ޕްރޮޖެކްޓަކީ 1 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

2017 ވަނަ އަހަރު ، ބޮޑު ވަޒީރުގެ ޝެއިޚް ހަސީނާގެ ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށްވާ މި ޕްރޮޖެކްޓަކީ ބަނގްލަދޭޝްގައި ހުންނަ މިސްކިތްތަކަކީ ސަރުކާރުގެ ބާރު ހިނގާ މިސްކިތަތަކަށް ހެދުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ. މިހާރު ބަނގްލަދޭޝްގައި ހުންނަ ގިނަ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކުން އިމާރާތްކޮށް ، ބެލެހެއްޓުމުގެ ޚަރަދު ކުރަމުންދާ ތަންތަނެވެ.

މިމަހުގެ ތެރޭގައި އިތުރު 50 މިސްކިތް ހުޅުވިގެންދާނެ ކަމަށް ބަނގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. ސަރުކާރުން އިމާރާތް ކުރާ މިމިސްކިތްތަކުގައި ދީން އުނގަންނައިދިނުމަށް ކްލާސްތައް ނެގުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފައެވެ. މި ޕްރޮޖެކްޓްގެ ދަށުން އެ ގައުމުގެ ހުރިހާ ޑިސްޓްރިކްޓެއްގައި ވެސް ހުކުރު ނަމާދު ބޮޑު ޖަމާއަތެއްގައި ކުރެވޭ ގޮތަށް އިސްލާމީ މަރުކަޒެއް ހެދުމަށް ވަނީ ނިންމައިފައެވެ.

މުސްލިމުން މެޖޯރިޓީ އާބާދީއެއް އޮންނަ ބަނގްލަދޭޝްގައި 3 ލައްކައެއްހާ މިސްކިތް މިހާރު ވެސް ހުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!