ދުނިޔެ

ލަންކާގައި ކޮރޯނާ ވައިރަސް ޖެހުނު މީހާ ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ސްރީލަންކާ އިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހާ ރަނގަޅު ވެއްޖެއެވެ.

Ads by Sosun Fihaara

ލަންކާގެ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކޮރޯނާ ވައިރަސް ފެނިފައިވަނީ މި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ޗައިނާގެ ހުބޭއި ޕްރޮވިންސުން ލަންކާ އަށް އައި ޗައިނާގެ އުމުރުން 43 އަހަރުގެ އަންހެނެއްގެ ގައިން ކަމަށެވެ.

މި ބައްޔަށް އޭނާ ޕޮޒިޓިވް ވުމާއެކު ފަރުވާ ދޭން ފެށިއިރު، ލަންކާގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސް ޑރ.އަނިލް ޖަސިންހޭ މިއަދު ވިދާޅުވީ އޭނާ މިހާރު އެ ބަލިން އެއްކޮށް ރަނގަޅު ވެފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށްވެސް އަނިލް ވިދާޅުވިއެވެ.

ޗައިނާގެ ވޫހާންގައި ތިބި ލަންކާގެ ދަރިވަރުންތަކެއް އަނބުރާ އެ ގައުމަށް ގެނެސްފައިވާއިރު، އެ ދަރިވަރުންގެ ތެރެއިން ވައިރަހުގެ އަލާމާތެއް ހުރި އެއްވެސް މީހަކު މިހާތަނަށް ފެނިފައި ނުވާ ކަމަށްވެސް ލަންކާގެ ކަމާބެހޭ އިދާރާތަކުން މިއަދު ވަނީ ބުނެފައެވެ.

ކޮރޯނާ ވައިރަހުގައި މިހާތަނަށް ޗައިނާ އިން 259 މީހުން މަރުވެފައިވާއިރު، މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 11،000 އަށްވުރެ މައްޗަށް އަރާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!