ޚަބަރު

ވޯޓާސް ލިސްޓަށް 373 ޝަކުވާ ހުށަހަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުން ލިސްޓަށް ޝަކުވާ ހުށައަޅަންދިން މުއްދަތުގެ ތެރޭގައި ހުށައަޅާފައިވަނީ 373 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

Ads by Hajj Corporation

އީސީން ބުނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު ލިބިފައިވަނީ 373 ޝަކުވާ ކަމަށެވެ. އަދި އެ ޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖަވާބުދޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކޮށްފައިވާ ވޯޓާސް ލިސްޓުގައިވާ ގޮތުން 269،562 މީހުނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އެކަމަކު ހުށަހެޅޭ ޝަކުވާތަކަށް ބިނާކޮށް އެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުން ލާޒިމުކޮށްފައިވާތީ 370 ގޮނޑިއަށް އިންތިހާބު ކުރާނީ އަންހެނުންނެވެ. އަދި ކައުންސިލްތަކުގެ އަންހެނުންގެ ކޮމިޓީއަށް 930 މެންބަރުން ވެސް އެ ދުވަހު އިންތިހާބު ކުރާނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!