ޚަބަރު

ކުޑަކުއްޖަކު ރޭގަނޑު އެކަނި މަގުމަތީގައި އުޅެނިކޮށް ފުލުހުން ހިމާޔަތަށް ގެންގޮސްފި

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު މިރޭ މަޖީދީމަގުގައި އެކަނި އުޅެނިކޮށް ފުލުހުންގެ ހިމާޔަތަށް ގެންގޮސް އާއިލާ އަށް އެކަން އަންގައިފި އެވެ.

ފުލުހުން ބުނީ މިރޭ 9:30 ހާއިރު މަޖީދީމަގު ސަންފްރަންޓް ކައިރީ ހުއްޓާ ފެނުނު އަންހެން ކުއްޖާގެ ފުލުހުންގެ ފެމިލީ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށެވެ.

އަދި އެ ކުޑަ ކުއްޖާގެ މައިންބަފައިންނާ ގުޅިފައިވާ ކަމަށާއި ކުއްޖާ އާއިލާއާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކުއްޖާ އެކަނި މަގުމަތީ ހުންނަން މެދުވެރިވީ ކީއްވެ ކަމެއް އެނގޭ ގޮތެއް ނުވި އެވެ.

މިދިޔަ އަހަރު ފުލުހުން ވަނީ ދަންވަރު އެކަނި މަގުމަތީ ހުރި ކުއްޖަކަށް ވެސް ހިމާޔަތް ދީ އެ ކުއްޖާގެ އާއިލާއާ ހަވާލުކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!