ރިޕޯޓް

އެއް ތަނެއް، އެއް ވަގުތެއް، ދެ ފޮޓޯއެއް

ދެން އެމްވީ ، ދެން އޮންލައިން

ގއ. ކަނޑުހުޅުދޫގައި ދެއަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލަ ފެންމަތިވެ ، ރައްޔިތުންގެ މެެދަށް ކަންބޮޑުވުމާއި ނުތަނަވަސްކަން ވެރިވިއެވެ. އަދި ހިތްދަތިކަމާއި ނަފުރަތުގެ މަސްހުނި އުދާސްތަކުން ރައްޔިތުން ކައްކާލިއެވެ. ނަމަވެސް ތުއްތު ކުއްޖާއަށް ގޯނާކުރިކަމަަށް ތުހުމަތު ކުރެވޭ އެކުއްޖާގެ ބަައްޕަ އަދި ކާފައާއި މުނިކާފަ ހައްޔަރަށް ގެންގޮސް ބަންދުގެ މުއްދަތު ޖެހުމާއެކު އެކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލި ގޮވުންތަކުގެ އަޑު މަޑުވިއެވެ.

Ads by Sosun Fihaara

​އެކަންބޮޑުވުންތަކުގެ އަޑު އުފުލުމުގައި ދެމިތިބި އެއްބަޔަކީ ތުއްތު ކުއްޖާގެ ހާދިސާއާއެކު ފެށުނު “ވޮއިސް އޮފް ޗިލްޑްރަން”ގެޓީމެވެ. އެޓީމުގެ އަޑުއުފުލުންތައް ކޮންމެ ދުވަހަކު ހަވީރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށް ދެއެވެ. އެގޮތުން މިދިޔަ ، ކުޑަކުދިންގެ ފުރައިޑޭގައި ވެސް އެ ޓީމުން ވަނީ ކުޑަކުދިންގެ ހައްގުގައި އަޑުއުފުލާފައެވެ. ​

ކައުންސިލް އިންތިޚާބުގައި އެމްޑީޕީއިން ވާދަ ކުރައްވާ ކެނޑިޑޭޓުން ކަނޑައެޅުމުގެ ޕުރައިމަރީ އިންތިޚާބު އެމްޑީޕީ ހަރުގޭގައި ހިނގަމުންދިޔައިރު ކުރިމަތީގައި ، މަގުގެ އަނެއް ފަރާތުގައި “ކުޑަކުދިންގެ އަޑު”އިއްވަމުން ދަނީއެވެ. ވެރިކަމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު ލިބިފައި އޮތް އެމްޑީޕީއަށް “އެޖެންޑާ19 ރަށަށް” ގެންގޮސްގެން ނަމަވެސް އެމީހުންގެ ކަންބޮޑުވުންތަކަށް ނިމުމެއް ގެނޭވޭނެ ކަމުގެ އުއްމީދާއެކުގައެވެ.






މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!