ދުނިޔެ

ކޮރޯނާ ވައިރަސް ޖެހިގެން ޗައިނާ އިން ބޭރުން ފުރަތަމަ މީހާ މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ޖެހިގެން ޗައިނާ އިން ބޭރުން ފުރަތަމަ މީހާ މަރުވެއްޖެއެވެ.

Ads by Sosun Fihaara

މަރުވެފައި ވަނީ ވޫހާން ސިޓީން ފިލިޕީންސަށް ގޮސް ހުރި 44 އަހަރުގެ އަންހެނެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނި ގޮތުގައި އެ މީހާ އަށް ކޮރޯނާވައިރަސް އަރާފައި ވަނީ އޭނާ ފިލިޕީންސަށް ދިއުމުގެ ކުރިންނެވެ.

ހުބެއި ޕްރޮވިންސްގެ ވެރިރަށް ވޫހާންގައި ޑިސެމްބަރު މަހު ފެތުރެން ފެށި ވައިރަހުގައި މިހާތަނަށް 300 މީހުން މަރުވެ 14،000 އަށް ވުރެ ގިނަ މީހުންނަށް ވައިރަސް އަރާފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!