Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި އާރަށް ކަނޑައަޅައިފި

ރައީސުލްޖުމްހޫރިއްޔާގެ ރީޓްރީޓެއްގެ ގޮތުގައި ބޭނުން ކުރާ، ކ. އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް، ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމިއްލަފުޅަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އާރަށް ހުރީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ވަރުގައި ކަމަށެވެ.

Advertisement
Allied Insurance — Square (box)

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހުން ބައިތިއްބަން ސަރުކާރުން އާރަށް ކަނޑައެޅި އިރު، މީގެކުރިން ވަނީ ކ. ފުނަދޫ އާއި ފަރުކޮޅުފުށި ވަނީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސައިފައެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ޓޫރިސްޓަކު ނުވަތަ އެހެން މީހަކު ވެސް ކަރަންޓީން ކުރަން ޖެހިއްޖެ ހާލަތެއްގައި އާރަށް ބޭނުން ކުރެއްވުމުގެ ހިޔާލު ވެސް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި އާރަށް ކަނޑައެޅީ ފުނަދޫގައި ކަރަންޓީނު ފެސިލިޓީ ގާއިމު ކުރުމުން އެ ރަށުގައި މަސައްކަތް ކުރާ މީހުން ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމާ ގުޅިގެން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އެންމެ ރައްޔިތެއްގެ ވެސް ކަންބޮޑުވުމަކީ މި ސަރުކާރުގެ ކަންބޮޑުވުން ކަމަށާއި، މިފަދަ ކަންކަމުގައި ރައްޔިތުންގެ އަޑު އައްސަވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް