ވިޔަފާރި

އުފެއްދުންތެރި ވިޔަފާރިތަކަށް އެހީވާން 20 މިލިއަން ރުފިޔާގެ ފަންޑެއް

ދެން އެމްވީ ، ދެން އޮންލައިން

އުފެއްދުންތެރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ފަންޑެއް ތައާރަފުކޮށްފި އެވެ.

Ads by Sosun Fihaara

ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފްލާއެއްގައި އެ ފަންޑު ތައާރަފުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއެވެ. މި ފަންޑަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން ތައާރަފުކުރި ފަންޑެކެވެ. މި ފަންޑުގެ ޖުމްލަ އަގަކީ 20 މިލިއަން ޑޮލަރެވެ.

މި ފަންޑަކީ ސަރުކާރުގެ ސްޓްރެޓީޖިކް މަސައްކަތްތަކާ ގުޅޭގޮތުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ގާއިމުކުރަމުންދާ އެކި އެކި އިންވެސްޓްމަންޓް ފަންޑުތަކުގެ ތެރެއިން އެއް ފަންޑެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މި ފަންޑުން ޓެކްނޮލިޖީގެ އެކި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އެގޮތުން އެ ރޮނގުތަކުން އަލަށް ފަށާ ވިޔަފާރިތަކަށް މާލީ އެހީ ދިނުމަކީ އެ ފަންޑުގެ އަމާޒު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދާއިރާތަކުގެ އިތުރުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލިޖީ، ސިއްހަތު، ދަނޑުވެރިކަން، އަދި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ވިޔަފާރިތައް ހިމެނެ އެވެ. މި ފަންޑުން އަލަށް ފަށައިގަންނަ ވިޔަފާރިތަކުގެ އިތުރުން މިހާރު ވިޔަފާރި ކުރަމުން އަންނަ ފަރާތްތައް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް އެހީތެރިވެދޭން ވަނީ ނިންމައިފައެވެ.

މިކަން ކުރުމަށްޓަކައި އެމްއެފްއެމްސީން ކުރާ ވިޔަފާރިތަކަށް ލޯނު ދިނުމުގެ ބަދަލުގައި އިންވެސްޓް ކުރާނީ އިކުއިޓީގެ ގޮތުގައެވެ. އެއާއެކު އެމްއެފްއެމްސީން ހަރަކާތްތެރިވަމުން ދާނީ އިންވެސްޓުކުރާ ކުންފުނިތަކުގެ ޕާޓްނަރެއްގެ ގޮތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!