ޚަބަރު

ގެއެއްގެ ބެލްކަނި ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މާލޭ ގެއެއްގެ ބެލަކަނީ ވެއްޓި ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.

Ads by STELCO

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 11:11 އެހާކަށްހާއިރު ކަމަށާއި މި ހާދިސާ ހިނގާފައި ވަނީ ހެންވޭރު ވައިޖެހޭ މަގުގައި ހުރި އިމާރާތެއްގެ ދެވަނަ ފަންގިފިލާގެ ބެލްކަނީ ވެއްޓިގެން ކަމަށެވެ.

މި ހާދިސާގައި އަނިޔާވީ ދެ ބިދޭސީންނަށް ފުލުހުން ބުނެއެވެ. އަނިޔާވި ދެ މީހުންނަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުންނެވެ. ދެމީހުންނަށް ލިބިފައިވާ އަނިޔާތައް އެހާ ސީރިއަސްއެއް ނޫން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!