ޚަބަރު

ހިސާންއާ ގުޅޭ މައްސަލައެއް ފުލުހުން ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާންގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by MWSC

ފުލުހުންގެ އިސް ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ ފުލުހުންނަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން ހިޝާންގެ މައްސަލައެއް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގު އަދި އޮތީ ޕްރިލިމިނަރީ ސްޓޭޖްގައި. ވީމާ، ތަހުގީގުދާ މިންވަރަކަށް ބިނާކޮށް މައުލޫމާތު ހާމަ ކުރެވެން އޮތް މިންވަރަކުން މައުލޫމާތު ހާމަކުރާނަން." އިޒްމިއާ ވިދާޅުވި އެވެ.

ހިޝާންގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދާއިރު އޭނާ އަށް ގިނަ ތުހުމަތުތަކެއްކޮށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ. މުޖުތަމައުއަށް އެހީތެރިވުމުގެ ދާއިރާ އިން ގައުމީ އިނާމު ވެސް ލިބިފައިވާ ހިޝާނާ ބެހޭ ގޮތުން، ސޯޝަލް މީޑިއާގައި ބައެއް މީހުން ކުރި އެއް ތުހުމަތަކީ ފުރާވަރުގެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!