ޚަބަރު

އެމްޑީޕީ ޕްރައިމަރީއާ މެދު ޝިފާ ސުވާލު އުފައްދައިފި

ދެން އެމްވީ ، ދެން އޮންލައިން

ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓް ފޮށި ނަގައިގެން ގެންދަން ޖެހޭ ހިސާބަށް ކަންކަން ދާނީ ކޮންމެވެސް އިހުމާލެއް ނުވަތަ ގޯހެއް އޮތުމުން ކަމަށް ބުނެ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ސުވާލު އުފައްދައިފިއެވެ.

Ads by STELCO

އަންނަ އެޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ޝިފާ ވަނީ އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަ ކުރައްވާފަ އެވެ.

މިދިޔަ ހުކުރު ދުވަހު އޮތް އެ އިންތިހާބުގައި ޝިފާ ބަލިކޮށް ޓިކެޓު ކަށަވަރު ކުރީ އަނަސް އަބްދުއްސައްތާރެވެ.

ޝިފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ވަކި ވޯޓް ފޮއްޓެއްގެ އިންތިހާބު އަލުން ބާއްވާނަމަ އެކަން ސާފު ކޮށްދިނުން މުހިންމު ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓް ފޮށި ނަގައިގެން ގެންދަން ޖެހޭ ހިސާބަށް ކަންކަންދާނީ ކޮންމެވެސް އިހުމާލެއް ނުވަތަ ގޯހެއް އޮވެގެން ކަމަށެވެ.

"ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ފޮށި ނަގައިގަނެގެން ދާންޖެހޭ ހިސާބަށް އެ ދިޔައީ ކޮންމެވެސް ބައެއްގެ އިހުމާލެއް ނޫންނަމަ ގޯހެއް ހުރީމަ،" ޝިފާ ވިދާޅުވި އެވެ.

ޕްރައިމަރީގައި ބައެއް ގއ. އަތޮޅުގެ ބައެއް ރަށްރަށުގައި ވަނީ ހަމަނުޖެހުން ހިނގާފަ އެވެ. އަދި ވޯޓްފޮށިތައް ހުރި ތަންތަނުން ނަގައިގެން ގެންގޮސް ކަރުދާސްކޮޅުތަކާއެކު ހުޅުޖަހާ އަންދާލާފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!