ޚަބަރު

ހިޝާންގެ ޕާސްޕޯޓު ހިފަހައްޓައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާން ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

Ads by MWSC

ފުލުހުން ބުނީ ހިޝާންއާ ގުޅޭގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލައިގައި ސުވާލު ކުރުމަށް ހިޝާން މިދިޔަ ހުކުރު ދުވަހު ފުލުހަށް ވެސް ހާޒިރުކޮށްފައިވެއެވެ.

ހިޝާން ދާދިފަހުން ކުރެއްވި ޓްވީޓެއްގައި ވަނީ 18 އަހަރުވަންދެން ނިކަމެތިންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނިކުމެ ކުރި މަސައްކަތުގެ ހަދިޔާއަކަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ބޭނުންވަނީ ގައުމު ދޫކޮށްދާން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޝާންގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދާއިރު އޭނާ އަށް ގިނަ ތުހުމަތުތަކެއްކޮށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ. މުޖުތަމައުއަށް އެހީތެރިވުމުގެ ދާއިރާ އިން ގައުމީ އިނާމު ވެސް ލިބިފައިވާ ހިޝާނާ ބެހޭ ގޮތުން، ސޯޝަލް މީޑިއާގައި ބައެއް މީހުން ކުރި އެއް ތުހުމަތަކީ ފުރާވަރުގެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!