ދެ އަހަރުގެ ކުއްޖާ ރޭޕްކުރި ކާފަ އާއި މުނިކާފަގެ ބަންދަށް އިތުރު 15 ދުވަސް
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ، 62 އަހަރާއި 81 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ބައްޕަގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭޕްގެ ތުހުމަތުގައި ކާފަ އާއި މުނިކާފަ ހައްޔަރުކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ ރަށުންނެވެ. ބައްޕަ ހައްޔަރުކުރީ ހުޅުމާލޭގައި އުޅެނިކޮށް މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ. އެ ތިން މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ކުރިން ދިނެވެ.
Ads by Allied Insurance