ޚަބަރު

ޑިސްއެބިލިޓީ އެމްބަސަޑަރުކަމުން ހިޝާން ވަކިކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން އަހުމަދު ހިޝާން އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަމުން މިއަދު ވަކިކޮށްފިއެވެ.

Ads by STELCO

ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމްބެސެޑަރުކަމުން ހިޝާން ދުރުކުރަން ޖެހުނީ، އޭނާއާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ފުލުހުން އެ މިނިސްޓްރީއަށް އަންގާފައިވާތީ ކަމަށެވެ.

އިޖުތިމާއީ ގޮތުން ހިދުމަތްކުރެއްވުމަށްޓަކައި އޮނަރަރީ މަގާމުތަކުގައި ހުންނަވާ ފަރާތްތަކަކީ ނަޒާހަތްތެރި އަދި އާންމު ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ފަރާތްތަކެއް ކަމަށްވާން ޖެހޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އެ މަގާމު ހިޝާނަށް ދިނީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ބޭއްވި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައެވެ.

އޭނާއާ ގުޅޭ ގިނަ ޝަކުވާތަކެއް މިފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. ފުލުހުން ދަނީ ހިޝާންއާ ގުޅޭ މައްސަލައެއް ތަހުގީގު ވެސް ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!