Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮރޯނާ ވައިރަސްއާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރަނީ

ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސެކްޓަރއަށް ގެއްލުންތަކެއް ވާނެތީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ކޮރޯނާ ވައިރަސް ޓާސްކް ފޯސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސް ސޯލިހް ހުރިހާ މުއައްސަސާތަކަކަށް އަންގަވާފައިވާ ކަމަށެވެ.

ރާއްޖޭގެ މައި ސިނާއަތަކީ ފަތުރުވެރިކަން ކަމަށްވާތީ ރާއްޖެއަށް ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ، އަސަރުތަކެއް ކުރާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖެ ކަހަލަ ލިމިޓެޑް ބަޖެޓެއް އޮންނަ ތަނެއްގައި މިފަދަ ކަމެއް ދިމާވީމައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

ދައުލަތުގެ ހަރަދު ކުޑަކުރުމަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށް މުސާރަ ނުދިނުން ކަހަލަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޮކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ، ސަރުކާރުން ވަނީ ޗައިނާއިން ދިވެހިން ނޫން ބަޔަކަށް ރާއްޖެ އެތެރެނުވެވޭނެ ގޮތަށް ހަދައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް