ޚަބަރު

ޗައިނާއިން އަންނަ ދިވެހިން ކަރަންޓީނު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގެ ވުހާން ސިޓީއިން ފެނުނު ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން، ޗައިނާއިން އަންނަ ދިވެހި ރައްޔިތުން ކަރަންޓީން ކުރުމަށް ނިންމައިފިއެވެ.

ޗައިނާއިން އަންނަ ދިވެހި ރައްޔިތުން ވަކި މުއްދަތަކަށް ކަރަންޓީން ކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރީ ކޮރޯނާ ވައިރަސް ޕްރިވެންޝަން ޓާސްކް ފޯސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ޗަައިނާގައި މިވަގުތު ތިބި ދިވެހިން ރާއްޖެ އަންނަ ނަމަ، ރާއްޖެ އައުމާ އެކު އެއާޕޯޓުން ގެންދާނީ ކަރަންޓީނު ފެސިލިޓީއަކަށް ކަމަށެވެ.

ކޮރޯނާ ވައިރަސް ހަލުވި ކަމާއިއެކު ފެތުރެމުންދަަތީ ސަރުކާރުން މިހާރު ވަނީ ޗައިނާއިން ދިވެހިން ނޫން ބަޔަކަށް ރާއްޖެ ނާދެވޭ ގޮތަށް މަނާކޮށްފައެވެ.

ކޮރޯނާ ވައިރަސް މިހާރު ދަނީ ޗައިނާގެ އިތުރުން އެހެން ގައުމުތަކުގައިވެސް ވަރަށް ހަލުވިކަމާއިއެކު ފެތުރެމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!