ޚަބަރު

ގުރުއާން އިހްތިޔާރީ މާއްދާއަކަށް ހެދުމަށް ނިންމާފައެއް ނުވޭ: އެޑިއުކޭޝަން

ދެން އެމްވީ ، ދެން އޮންލައިން

ގުރްއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަށް އެެއްވެސް އިރެއްގައި ވިސްނާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

Ads by MWSC

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައިމިވަނީ މި އަހަރުން ފެށިގެން އެސްއެސްއީ އިމްތިހާނުގައި ގުރްއާނަކީ އިހްތިޔާރީ މާއްދާއެއް ކަމުގައި ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލަން ގޮވާލާ ޕެޓިޝަނެއް ހެދުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގައުމީ އަ މަންހަޖު އެކުލަވާލެވި ތަންފީޒުކުރަން ފެށިގެން ދިއުމާއެކު ގްރޭޑް 1 އިން 10 އާއި ހަމައަށް މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން 2019 ވަނަ އަހަރު ގައުމީ މަންހަޖުގެ ކީ ސްޓޭޖް 4 މުޅިން އަލަށް ތަންފީޒުކުރެވިގެން ދިއުމާއެކު މާއްދާއެއްގެ ގޮތުގައި ގުރުއާން ގްރޭޑް 9 ގައި ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ. އަދި މިއަހަރު ގްރޭޑް 10 ގެ ދަރިވަރުންނަށް މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދެމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ކީރިތި ގުރުއާން ހުރިހާ ދަރިވަރުންނަށް ކިޔަވައިދިނުމަކީ މި މިނިސްޓްރީގެ އަމާޒެކެވެ. އަދި ކީރިތި ގުރުއާން އިހުތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަކީ މި މިނިސްޓްރީން އެއްވެސް އިރެއްގައި ވިސްނާފައިވާ ކަމެއް ނޫނެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ނިކުންނަ ކޮންމެ ދަރިވަރަކީ އިސްލާމީ އިސްލާމީ އަގީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ، ހުލްގު ހެޔޮ ދަރިވަރަކަށް ހެދުމަށް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!