ޖަޕާނުން ރާއްޖެއަށް 9000 މާސްކު ހަދިޔާކޮށްފި
ޖަޕާނު ސަރުކާރުން ރާއްޖެއަށް 9000 މާސްކު ހަދިޔާކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ތަކެތި ޖަޕާނުން ހަދިޔާކުރީ މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކަމަށެވެ.
މި ތަކެއްޗާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ހަލީލް އެވެ.
ޖަޕާނުން މާސްކުތަކެއް ރާއްޖެ ހަދިޔާކޮށްފައިވާއިރު، އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން ވެސް ވަނީ މާސްކުތަކެއް ރާއްޖެ ގެނެސްފައެވެ. އަދި ރާއްޖެ އަށް ބޭނުންވާ ވަރަށް މާސްކު މިހާރު އެބަހުރި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
Ads by Allied Insurance