Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ވިޔަފާރި

ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއެރުވުމަށް ދިރާގުން ޓެބް ހަދިޔާކޮށްފި

ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއެރުވުމަށް ދިރާގުން ޓެބް ހަދިޔާކޮށްފި

ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއެރުވުމަށާއި ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރުމަށް ދިރާގާއި ސެމްސަންގް ގުޅިގެން، ހެލްތް މިނިސްޓްރީއަށާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އަށް 60 ޓެބް ހަދިޔާ ކޮށްފިއެވެ.

މިތަކެތި ހަވާލު ކުރުމަށް މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމްގެ އިތުރުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދުއާއި ލަންކާ ސެމްސަންގެ އެމްޑީ ކެޗިން ސުންސޫ ޔޫ ބައިވެރިވެޑައިގެންނެވިއެވެ.

ދިރާގުން ބުނި ގޮތުގައި މިތަކެތި ހަވާލު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ސިއްހީ ނިޒާމު ކުރިއެރުވުމަށާއި ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށް ފަސޭހަތަކެއް ފޯރުކޮށްދިނުމެވެ.

Advertisement
Allied — Dhen Online (box)

މިފަދަ ބޮޑު އެހީތެރިކަމެއް ރާއްޖޭގެ ސިއްޙީ ނިޒާމަށް ދިރާގުން ވެދެއްވިކަމަށް ޓަކައި، ސަރުކާރުގެ ފަރާތުން ހެލްތު މިނިސްޓަރ ވަނީ އެ ކުންފުންޏަށް ޝުކުރު އަދާ ކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ވަނީ ކޮވިޑްގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް ކުރައްވައިފައިވާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް