ޚަބަރު

ކުޑަކުދިންގެ މައްސަލަތައް ލަސްވާތީ ފަސްޓް ލޭޑީ ފަޒްނާ، ނަޝީދު އަރިހަށް

ދެން އެމްވީ ، ދެން އޮންލައިން

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ޝަރުއީ ކޯޓުތަކުގައި ލަސްވާ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު މުހައްމަދު ނަޝީދާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައްޔިތުން މަޖިލީހުގެ އިދާރާގައެވެ. ފަސްޓު ލޭޑީއަކަށް ވެވަޑައިގެންނެވި ފަހުން މިއީ ރަސްމީ ހައިސިއްޔަތުން ނަޝީދާއި ފަޒްނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެ ބައްދަލުކުރެއްވުމުގައި މެޑަމް ފަޒްނާ މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަަތަކުގައެވެ. ހާއްސަ ގޮތެއްގައި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކުގައި ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަތައް ކޯޓުތަކުގައި ނިންމުން ލަސްވެފައިވާތީ އެކަމަށް ހައްލު ހޯދިދާނެ ގޮތްތަކާއި މެދު މެޑަމް ފަޒްނާ އާއި މަޖިލީހުގެ ރައީސް މަޝްވަރާ ކުރެއްވި ކަމަށްވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ނަފްސާނީ ބަލީގެ މީހުންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އާންމުން ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ މެޑަމް ފަޒްނާއަކީ ޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރައްވާ ޔުނިސެފްގެ އެމްބެސެޑަރު ކަންވެސް ކުރައްވާ ބޭފުޅެކެވެ.

ދާދި ފަހުން ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައަށް ފަހު ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތްއްކަމާބެހޭ ފަރާތްތަކަށް ހުށަހެޅޭކަން ފާހަގަކުރެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!