މުނިފޫހިފިލުވުން

ދިޝާ އަށް ފުރަތަމަ ނަޒަރުން މީހަކުދެކެ ލޯބިވެވުނު!

ދެން އެމްވީ ، ދެން އޮންލައިން

ދިޝާ ޕަޓްނީގެ އެންމެ ފަހު ފިލްމު "މަލަންގް" ގެ ޓްރެއިލާ އާއްމުންނަށް ދައްކާލި ހިސާބުން އޭނާ ވެފައިވަނީ ހަބަރުތަކުގެ ފަލަ ސުރުހީތަކުން މިދުވަސްކޮޅު އެންމެ ބޮޑަށް ޖާގަ ހޯދަމުން އަންނަ ބަތަލާއަށެވެ. ދިޝާއާއި ބަތަލާ ޓައިގަރ ޝްރޮފްގެ ލޯބީގެ ވާހަކަތަކަކީ އަބަދުވެސް ދެކެވޭ ވާހަކަތަކެކެވެ.

Ads by MWSC

"މަލަންގް" ޕްރޮމޯޝަން ކުރުމަށް ބޭއްވި އިވެންޓެއްގެ ތެރެއިން ލޯބީގެ މާނަ ކިޔައިދިނުމަށް ނޫސްވެރިއަކު އެދުމުން ދިޝާ ބުނީ، ދިރިއުޅުމުގައި މީހުން ކުރާ ހުރިހާ ކަމެއްގެވެސް ސަބަބަކީ ލޯބި ކަމަށެވެ. ދިޝާ ވަނީ ލޯތްބާއި ނުލާ އިންސާނާ ދިރިހުންނާނީ ކިހިނެއްތޯ އަހައި ސުވާލު ކޮށްފައެވެ.

ލޯތްބަކީ ކޮބައިކަން ދިޝާގެ އަމިއްލަ ތަޖްރިބާއިން ކިޔައިދެމުން ދިޝާ ބުނީ އޭނާއަށް ފުރަތަމަ ނަޒަރުންވެސް ލޯބި ވެވުނު ކަމަށެވެ. އަދި މީހެއް ދެކެ ލޯބިވެވުމުން އެކުރެވޭ އިހްސާސްތަކަކީ ވަރަށް ހާއްސަ އިހްސާސްތަކެއް ކަމަށް ދިޝާ ބުންޏެވެ.

ދިޝާ ބުނީ އޭނާއަށް ލޯބި ވެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އޭނާއަށް އަންހެން ކުއްޖެއްކަން އިހްސާސް ކުރެވެނީ މީހަކާއި ރައްޓެހިވެގެން އުޅޭއިރު ކަމަށެވެ. އަދި އޭނާ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ބޭނުންވަނީ އޭނާއަކީ އަންހެން ކުއްޖެއްކަން އިހްސާސް ކޮށްދޭ ފިރެހެނެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!