ޚަބަރު

ވައިރަހުގެ ސަބަބުން ޓޫރިޒަމަށް ވަރަށް ބޮޑަށް ހިޔަނި އެޅިއްޖެ: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ހިޔަންޏެއް އެޅިއްޖެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މިހާތަނަށް 13،297 ބުކިން ވަނީ ކެންސަލްވެފައި ކަމަށާއި މި ބޮޑު ހިޔަނިއެޅުމުން ސަލާމަތްވުމަށްޓަކައި، ދުނިޔޭގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރުން ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުމަށް ދެކެމުން އަންނަ އުއްމީދުތައް އެގޮތުގައި އޮންނާނެ ކަމަށާއި އެގޮތުން 2021 ނިމުމުގެ ކުރިން ރާއްޖެއަށް 2.1 މިލިއަން ޓޫރިސްޓުން ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ފަހުން، މަސައްކަތަކަށް ވާނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ދެން ބާކީ އޮތް ދެ އަހަރު، ކޮންމެ އަހަރަކު 2.5 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ވެސް ވިދާޅުވި އެވެ.

"ފަތުރުވެރިކަމުގެ ދާއިރާ އިން އަޅުގަނޑުމެން އަމާޒުހިފި މިސްރާބަށް، މާތް ﷲގެ ވާގިފުޅާ އެކު، މިދިއަ އަހަރު ވާސިލްވެވުނުކަން އުފަލާ އެކު ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމު ކަމަށްވާ ޗައިނާ ފަތުރުވެރިންނަށް ރާއްޖޭގެ އައުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!