ޚަބަރު

ރިޔާސީ ބަޔާނުގެ ވަގުތު އިދިކޮޅުން އިހުތިޖާޖު ކޮަށްފި

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިިތުންގެ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަމުން ދަނިކޮށް އިދިކޮޅު ޕާޓީތަކުގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ހިމޭން އިހުތިޖާޖެއް ކޮށްފި އެވެ.

Ads by Hajj Corporation

އިދިކޮޅު މެންބަރުން އިހްތިޖާޖް ކޮށްފައިވަނީ ހަމަހިމޭންކަމާއި އެކު ޕޯސްޓަރުތާއެކެއް ހިފައިގެން ތިބެއެވެ. ޕޯސްޓަރުތަކުގައި ލިޔެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށެވެ.

މި ޖަލްސާގައި ބައިވެރިވެވަޑައިގަތް ނަމަވެސް ގުރައިދޫ ދާއިރާގެ މެންބަރު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން އިދިކޮޅު ފަރާތްތަކުން ކުރާ އިހުތިޖާޖުގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

ޖަލްސާ ނިންމާލުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ހުންނެވީ ރައީސްގެ ފޮޓޯފުޅު ނުފެންނަ ގޮތައް އެމަނިކުފާނުގެ ސީދާ ކުރިފުޅުމަތީގައި ކަމަށާއި އެއީ ވަރަށް ދެރަކަމެއް ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް މިދިޔަ އަހަރު ނިންމާލިއިރު ވެސް ޖަލްސާގެ ތެރެއިން އިދިކޮޅު ފަރާތްތައް މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖު ކުރި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!