Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެއާޕޯޓްގެ ޖެޓީކައިރިން މޫދަށް ވެއްޓުނު ޗައިނާ ކުއްޖަކު ސަލާމަތްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޖެޓީ ކައިރިން މޫދަށް ވެއްޓުނު ޗައިނާގެ އަންހެން ކުޑަކުއްޖަކު ސަލާމަތްކޮށްފިއެެވެ.

ޖެޓީ ކައިރީ ހުއްޓާ މޫދަށް ވެއްޓުނު ކުޑަކުއްޖާ ސަލާމަތް ކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީގެ މުވައްޒިފެކެވެ.

އެމްއޭސީއެލް އިން ބުނީ މޫދަށް ވެއްޓުނު ކުޑަ ކުއްޖާ ސަލާމަތްކުރީ އެ ކުންފުނީގެ ފަޔާ ފައިޓާ ޓްރެއިނީ އިބްރާހިމް ނަސްރު ކަމަށެވެ. އެމްއޭސީއެލްއިން ވަނީ ނަސްރު ކުރި އެ ހިތްވަރަށް ތައުރީފު ކޮށްފަ އެވެ.

Advertisement
Allied Insurance — Square (box)

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ޒޭންގް ލިޒްހޮންގް ވަނީ ނަސްރުގެ ހިތްވަރަށް ތައުރީފްކުރައްވައި ކޮށްދިން ހެޔޮކަމަށް ޝުކުރު އަދާކުރައްވައި ޓުވީޓު ކުރައްވައިފައެެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް