ޚަބަރު

ހަތަރު އަހަރުތެރޭ ހަ އެއާޕޯޓު އަޅަނީ

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި، ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓްތައް ތަރައްގީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯހިލު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ގައުމުގެ ތަރައްގީއާ ގުޅިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އޮތުންކަމަށާއި އެގޮތުން ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރުކުރެވޭނެ، އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި، ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓްތައް ތަރައްގީކުރައްވާނެކަމަށެވެ. އެގޮތުން ހއ. ހޯރަފުށްޓާއި، މ. މުލި އަދި ގދ. ފަރެސްމާތޮޑާގައި ހަދާ އެއާޕޯޓުތައް މި މުއްދަތުގައި ނިންމުމަށް އަމާޒު ހިފާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ. ހއ. ހޯރަފުށްޓާއި ގައި މ. މުލި އަދި ގދ. ފަރެސްމާތޮޑާގައި ހަދާ އެއާޕޯޓުތައް ނިންމުމަށް މިއަންނަނީ މަސައްކަތްކުރަމުން. އަދި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި، ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓްތައް ތަރައްގީކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

ވައިގެ ދަތުރުފަތުރުކުރުމުގެ ދާއިރާއިން ބޮޑެތި އާމާޒުތަކެއް ޙާސިލްކުރުމަށް މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުގެ ލުއިފަސޭހަ ނިޒާމަކުން ގުޅައިލުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފަށާނެކަން ރައީސް ސޯލިހު ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް، މުޅިން އައު ދަތުރުތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުއަކީ، ދުވެލި ހަލުވި، ތިމާވެއްޓާ ރަޙްމަތްތެރި އަދި ރައްކާތެރި އުޅަނދުތަކެއްގެ އެހީގައި ކުރިއަށްގެންދާނެ މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!