ޚަބަރު

ޖުމްހޫރީ ޕާޓީން ވަކިވީ ނަފުރަތުގެ ބިލުގެ ސަބަބުން: ލޯޔަރު ވައްޑޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ލޯޔަރު ވައްޑެ/ ފޮޓޯ ވަގުތު

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއަކީ ވަރަށް ރަނގަޅު ބޭފުޅެއްކަމަށާއި ޖުމްހޫރީ ޕާޓީން ވަކިވާން ޖެހުނީ ނަފުރަތުގެ ބިލުގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ސަންގު ޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ ސަރުކާރުން، އެމްޑީއެންއަށް ނިސްބަތްވާ ބަޔަކު ދައުލަތުގެ މަގާމުތަކަށް ގެނައުމުގެ ނަތީޖާއަކީ ނަފުރަތުގެ ބިލުކަމަށާއި އެއީ ކެތް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

"ގާސިމަކީ ރަނގަޅު މީހެއް އެކަމަކު ސިޔާސީ މާހައުލުގައި މިހާރު ސަރުކާރުން ދީނީ ބިލާއި ނަފުރަތުގެ ބިލާ މަޖިލީހަށް ހުށައަޅައިގެން އެމްޑީއެންއަށް ނިސްބަތްވި ބަޔަކު ރައީސް އޮފީހަށާއި ދައުލަތުގެ އެކިއެކި މަގާމުތަކަށް ރުކުރުވައިލައިފައި އެ މީސްމީހުން ލައްވައި ސަރުކާރުގެ އެކި ގާނޫނުތައް ހަދުވައި މިކަންކަން ކުރުމުގެ ނަތީޖާއަކަށް ވެގެން މި ދިޔައި ނަފުރަތުގެ ބިލޭ ކިޔާ ބިލެއް އިސްލާމް ދީނާ ދެކޮޅަށް އުފައްދައި އިސްލާމްދީން ނައްތައިލުމަށް ޓަކައި އަސްލު ހަގީގަތުގައި ރާވައިއިގެން ގެނައި ބިލަކަށް ވީމާ އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންނަށް ކެތް ކުރެވޭނެ ކަމެއް ނޫން." ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއަކީ މިހާރުގެ ސަރުކާރާއި ކޯލިޝަން ހަދައިގެން އޮތް ޕާޓީއަކަށްވުމުން އެޕާޓީގައި މަޑުކުރުމަކީ އަހްލާގީ ގޮތުންވެސް ރަނގަޅުކަމެއް ނޫން ކަމަށާއި ޕީޕީއެމާ ގުޅުމުގެ ފުރުސަތު ލިބުމުން އެޕާޓީއާ ނުގުޅެންވީ ސަބަބެއް ނެތް ކަމަށެވެ.

ޖުމްހޫރީ ޕާޓީއަކީ އެއީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހާއި ކޯލިޝަން ހަދައިގެން އޮތް ޕާޓީއެއް. އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި އަހްލާގީ ގޮތުން ވެސް ރަނގަޅުކަމެއް ނޫން އެ ހިޔާލު ތަފާތު ވުމަށް ފަހު ޖުމްހޫރީ ޕާޓީގައި މަޑުކުރުމަށް މަސައްކަތް ކުރުމަކީ. އަނެއްކޮޅުން އަޅުގަނޑަށް މިއައި ދައުވަތު ، ﷲ ތަޢާލާގެ މިންވަރު ފުޅުން ޕީޕީއެމާ ގުޅުމަށް އެހެންވީމައި އަޅުގަނޑުގެ އަސްލު ގެއަށް ސިޔާސީގޮތުން އަސްލު ގެއަށް ވަނުމުގެ ފުރުސަތު ލިބުނީމާ ދެން ލަހެއްފަހެއް ކުރާނެ ކަމެއް ނެތެއް ނޫންތޯ." ވަައްޑެ ވިދާޅުވިއެވެ.

ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އަބްދުލްކަރީމް (ރުކުމާ)އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގެންފައި ވަނީ މި ޖުލަައި މަހުގެ 19 ވަނަދުވަހުގެ ރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!