ހުސައިން ރަޝީދަކީ ރައީސް ނަޝީދު ބޭނުންކުރާ "ޓޫލް"އެއް: ލޯޔަރު ވައްޑެ
ޝެއިހް ހުސައިން ރަޝީދަކީ، ރައީސް ނަޝީދު ބޭނުން ކުރައްވާ "ޓޫލް"އެއް ކަމަށާއި އެކަން އެބޭފުޅާ ނެރުއްވާ ރައުޔުތަކުން އެނގޭކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ހަބަރަށް ފަހު" ޕްރޮގްރާމްގައި ވާހަަަކަ ދައްކަވަމުން ލޯޔަރު ވައްޑެ ވިދާޅުވީ ކޮންމެ މީހަކަށް ވިޔަސް، އޭނާ މުސްލިމެއްގެ އައިޑީކާރޑު ނުވަތަ ޕާސްޕޯޓް ހިފަހައްޓައިގެން ހުރި ނަމަވެސް އިސްލާމް ދީނާ ހިލާފު ބަހެއް ބުނުމުން ނުވަތަ އަމަލެއް ކުރުމުން ނުވަތަ ދީނީ ކަމަކަށް އިންކާރު ކޮށްފިނަމަ އެކުރީ ދީނާ ހިލާފުކަމެއް ކަމަށާއި އެކަން ދީނީ އިލްމް ކިޔަވައިގެން ތިބި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަމަށެވެ.
"ދީނީ އިލްމް ކިޔަވައިގެން ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ކޮންމެ މީހަކަށް ވިޔަސް އޭނާ މުސްލިމެއްގެ އައިޑީކާރޑް ނުވަތަ ޕާސްޕޯޓް ހިފަހައްޓައިގެން ހުރިނަމަވެސް އޭނާ އިސްލާމް ދީނާ ހިލާފު ބަހެއް ބުންޏަސް އަމަލެއް ކޮށްފިކަމުގައިވިޔަސް އަދި އޭނާ އިންކާރުކޮށްފި ކަމަށް ވަނީ ނަމަ އެކުރީ ދީނާ ހިލާފުކަމެއް. އެއީ ދިފާއު ކުރަން ޖެހޭކަމެއް. ދީނުގެ މަގުގައި ޖިހާދު ކުރަން ޖެހޭނެ." ލޯޔަރ ވައްޑެ ވިދާޅުވިއެވެ.
އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލަށް އިޝާރާތް ކުރައްވައި ވައްޑެ ވިދާޅުވިގޮތުގައި ދުނިޔަވީ ފައިދާއަށް ޓަކައި ދީން ވިއްކައިލާ ޝެއިޚުން މަދުމަދުން އުޅޭކަމަށާއި އެފަދަ ބޭފުޅުން މިކަހަލަ މައްސަލަތަކަށް ތާއިދުކޮށް ވާހަކަ ދައްކާނެ ކަމަށެވެ. އަދި އެފަދަ ޝޭހެއް ދަންނަކަމަށް ވިދާޅުވެ ޝެއިހް ހުސައިން ރަޝީދަށް ވައްޑެ ވަނީ ފާޑުވިދާޅުވެފައެވެ.
"ޓޫލްއަކަށް ބޭނުންކުރާނެ ޝެއިހެއް. އާއްމުކޮށް ރައީސް ނަޝީދު ބޭނުން ކުރާނީ. ހުސައިން ރަޝީދު ކިޔާ ބޭކަލެއް. އަޅުގަނޑު ނުދަންނަވަން ވަކި ކަހަލަ ސިފަތަކެކޭ ކޮންމެ ފަހަރަކު ވެސް އޭނަ ބޭނުން ކުރައްވާ ޓްރިކެއްމީ .ބައްލަވާ މިކަހަލަ ދީނީ ހާދިސާއެއް ދިމާވާ ކޮންމެ ފަހަރަކު ހުރިހާ ދީނީ އިލްމްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ނެރުއްވާ ރައުޔުތަކަށް ބަލާލުމުން މިކަންވަރަށް ސާފުކޮށް ފެނޭ" ޝެއިހް ހުސައިން ރަޝީދަށް ފާޑު ވިދާޅުވަމުން ވައްޑެވިދާޅުވިއެވެ.
ވައްޑެ ވިދާޅުވީ ހިތްހަމަނުޖެހިގެން އުޅުއްވަނީ ގާނޫނު އަސާސީކަމުގައި ބަލައިގަންނަ ބާއްވައިލެއްވި ކީރިތި ގުރުއާނަށް ގޮންޖަހައިނުލެވިގެން އުޅޭތީ ކަމަށާއި އެފަދަ ކަންކަން ކުރަން ބައެއް ދީނީ އިލްމްވެރިން ދީން ވިއްކައިލައްވާކަމަށެވެ.
ނަފުރަތުގެ ބިލް ހުށައަޅައިފައި ވަނީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން، މުސްލިމުންގެ ބޮލުގައި ދީނާ ގުޅުވައި ތަފާތު ލޭބަލްތައް އަޅުވައި، މުޖުތަމައުގައި ވަކިވަކި ފަރުދުންނާ މެދު ނަފްރަތު އުފައްދައި، އާޚިރު ނަތީޖާއެއްގެ ގޮތުން، އެމީހުންގެ ލޭ ހުއްދަކަމަށް ބަޔަކަށް ޤަބޫލުކުރެވި، އެމީހުން މަރައި އަދި، ގެއްލުވާލުމުގެ ހާދިސާތަކެއް ދިވެހިރާއްޖޭގައި ހިނގައިފައިވާތީ، ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ އެމްޑީޕީން ވަނީ އެބިލް ފާސްކޮށްދެއްވުމަށް އެދި ސަރުކާރުގައި ވެސް ދަންނަވައިފައެވެ.
ފާޑުކިޔުންތައް އަމާޒުވެފައިވާ މިބިލާ މެދުގައި އިލްމުވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތައް ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވި ކަމަށް އަދާލަތު ޕާޓީން ވެސް ވަނީ ވިދާޅުވެފައެވެ.
ތެދުފުޅެއް. ނަމަވެސް ސޯލިހަށް ދަންނަވައިގެން ލިބޭނެއްވެސް ފައިދާއެއް ނެތް.
ހުސައިން ރަޝީދަކީ އިލްމުވެރިއެއްތޯ؟ ތުބުޅި ހުންނަ ކޮންމެ މީހަކީ ޝެއިޚެއްތޯ؟
ހައިރާންވެއްޖެ.ބަލަމީހުންމިރާއްޖޭގައި މަރަނީ ނަފުރަތު އުފައްދައިގެންތަ .އިއްޔެ އަޑުއިވުނީ13 އަަހަރުގެ ކުއްޖެއްގެ މަރުގެވާހަކަ ކާކުނަފުރަތު އުފައްދައިގެންތޯ އެކަންކުރީ. ކަންކަން މިވާގޮތް ވިސްނާ ފިކުރުކުރާ މީހުންނަށް އެނގޭނެ .ތިޔަބިލް އައިގޮތާ އައީ ކޮންބޭނުމެއްގައި ކަމާއި އެބިލުން ޙާޞިލްކުރަނީ ކޮންއެއްޗެއްކަން .
ތިޔަބުނާ ކެނެރީގޭ މީހާއާއި ތިކިޔާ ހުސޭނު އަކީ އެއްފޮތަކުން ކިޔަވައިގެން ތިބިދެމީހުން ދީނަށް ފުރަށްސާރަކުރަން ވަރަށްވަރަށްސާފް