Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރިޔާސީ ބަޔާނަށް ޕީޕީއެމްއިން ރަސްމީކޮށް ރައްދު ދޭނީ ވޯޓު ފޮށިން: ޝުޖާއު

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް ޕީޕީއެމްއިން ރަސްމީކޮށް ރައްދު ދޭނީ ވޯޓު ފޮށިން ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރަހިމް ޝުޖާއު ވިދާޅުވެއްޖެއެެވެ.

ޝުޖާއު މިހެން ވިދާޅުވީ، ރިޔާސީ ބަޔާނާއި ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އަދި ޝުޖާއު ވަނީ އެ ބަޔާން "މާޔޫސީ" ބަޔާނެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

"ތި ރިޔާސީ ބަޔާން އިއްވަން އެންމެ ކަމުދަނީ ދޫނި ރާއްޖޭގައި. ދިވެހި ރާއްޖެއަށް ތިޔަ ބަޔާން ކަމަކު ނުދޭ. ތީގައި އެއްވެސް އުންމީދެއް ނެތް. ވަނީ މާޔޫސްކަން." ޝުޖާއު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޝުޖާއު އިތުރަށް ބުނީ ދިވެހި އިގްތިސާދު ހަރުދަނާކުރާ ވާހަކަ ދައްކާއިރު، އިގްތިސާދުގެ މައި ލޭނާރަކީ ޓުރިޒަމް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެ އަށް ފަތުރުވެރިން އަންނަ އެންމެ ބޮޑު މާކެޓު މަނާ ކޮށްފައިވާއިރު އެއީ ކޮރޯނާ ވައިރަހާއި ގުޅިގެން މިހާތަނަށް އެއްވެސް ގައުމަކުން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއި އެކު އިދިކޮޅު މެންބަރުން ރައީސް ވާހަކަފުޅު ދައްކަވަން ހުންނެވި ޕޯޑިއަމްގެ ވަރަށް ގާތުގައި ތިބެ ވަނީ ހަމަހިމޭން އިހްތިޖާޖެއް ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް