މުނިފޫހިފިލުވުން

މިއަހަރު އެންމެ ގިނަ މީހުން އަޑުއެހި އާޓިސްޓުންގެ ލިސްޓުގެ އެއްވަނަ މާޓު އަށް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ މިއުޒިކް ސްޓްރީމިން ސާވިސް ކަމަށްވާ "ލަވަފޮށި"ގައި މިއަހަރު އެންމެ ގިނަ މީހުން އަޑުއެހި އާޓިސްޓުންގެ ލިސްޓުގެ އެއްވަނަ ރެޕް ލަވަކިޔުންތެރިޔާ މުހައްމަދު މާހިދު (މާޓު) އަށް ލިބިއްޖެއެވެ.

Ads by Sosun Fihaara

ސިމްބޮލިކް ރެކޯޑްސްގެ އާޓިސްޓު، މާޓުގެ ލަވަތަކަށް މިއަހަރު ޖުމްލަ 1.1 މިލިއަން ޕްލޭ ލިބިފައި ވެއެވެ. މި ލިސްޓުގެ ދެވަނަ ލިބެނީ 986،000 ޕްލޭއާއެކު ދިވެހިންގެ ހިތްތަކުގައި ވެރިކަން ކުރަމުން ދިޔަ އަލީ ރަމީޒަށެވެ. އަދި 829،000 ޕްލޭއާއެކު ތިން ވަނަ ލިބެނީ ސިމްބޮލިކް ރެކޯޑްސް އަށެވެ.

މިދިޔަ އަހަރު މާޓު ނެރުނު ސޯލޯ އަލްބަމް ކަމަށްވާ "މާރޯކާ" އާއެކު ލަވަފޮށި ލިސްޓުގެ އެންމެ ކުރިއަށް އޭނާ އެރިއެވެ. އޭގެ ކުރީން ލަވަފޮށިގައި ރަސްކަން ކުރަމުންދިޔައީ އަލީ ރަމީޒް އެވެ.

މިއަހަރުގެ އެންމެ މަގުބޫލު އާޓިސްޓުން އެތުރިފައިވާ ގޮތް:

  1. މާޓު (1.1 މިލިއަން ޕްލޭ)
  2. އަލީ ރަމީޒް (986،000 ޕްލޭ)
  3. ސިމްބޮލިކް ރިކޯޑްސް (829،000 ޕްލޭ)
  4. ބީޓޯލޮޖީ ސްޓޫޑިއޯސް (307،000 ޕްލޭ)
  5. އުމަރު ޒާހިރު (230،000 ޕްލޭ)
  6. ޝަލަބީ އިބްރާހީމް (199،000 ޕްލޭ)
  7. މެޒޯ މުހައްމަދު (178،000 ޕްލޭ)
  8. ޒީރޯ ޑިގްރީ އެޓޯލް (134،000 ޕްލޭ)
  9. ޖައިލަމް ބޭ (133،000 ޕްލޭ)
  10. ޕެސްޓް (132،000 ޕްލޭ)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!