ޝީޝާގެ އޮފީހުގައި ރޯވި އަލިފާންގަނޑު ނިއްވައިލީ އެތަނުގެ މުވައްޒިފުން

މާލޭގައި ހުންނަ ޝީޝާގެ އޮފީހުގައި ރޯވި އަލިފާން އެތަނުގެ މުވައްޒަފުން ނިއްވައިލައިފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ ޝީޝާ ޝޯރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްއަށް މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ 11:48 ހާއިރު ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
ގަލޮޅު ނިރޮޅުމަގުގައި ހުންނަ ޝީޝާއިން ސައިކަލް އިންސްޓޯލްމެންޓަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާ އޮފީހުގައި ހިނގި މި ހާދިސާ ހިނގައިފައި ވަނީ އެތާގައި ހުރި ކަރަންޓު ބޯޑެއްގައެވެ. އަލިފާން ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.
އާޒިމް ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.