ޚަބަރު

ރައީސް މިއަދު އިއްވީ އޮއްޓަރެއް ނެތް ބަޔާނެއް: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަށް، މަޖިލީހުގެ އިދާރާގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އިއްވެވި ރިޔާސީ ބަޔާނަކީ އެއްވެސް އޮއްޓަރެއް ނެތް ބަޔާނެއް ކަމަށް ޕީއެންސީގެ ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ކުރެއްވި ޓުވީޓެއްގައި އަދުރޭ ވިދާޅުވީ، 2020 ވަނަ އަހަރަށް ރައީސް ޞާލިހް މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނަކީ، އެއްވެސް އުއްމީދެއް ، އޮއްޓަރެއް ނެތް ބަޔާނެއް ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވެސް ރިޔާސީ ބަޔާނުގައި އެޑްރެސް ކޮށްފައި ނުވާކަމަށެވެ.

"2020 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އިއްވި ރިޔާސީ ބަޔާނަކީ އެއްވެސް އުއްމީދެއް ނެތް ބަޔާނެއް ، އެ ބަޔާނުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އެޑްރެސްކޮށްފައި ނުވާކަން ފާހަގަކުރެވޭ ، ޖުމްލަކޮށް ބަލާއިރު ބަޔާނަކީ އެއްވެސް އޮއްޓަރެއް ނެތް ބަޔާނެއް " އަދުރޭގެ ޓްވީޓްގައި ވެއެވެ.

މީގެ އިތުރުން ރައީސް މިއަދު އިއްވި ރިޔާސީ ބަޔާނާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އެ ރިޔާސީ ބަޔާނުން ދޭހަވަނީ ސަރުކާރު އޮތީ ވަރަށް ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!