ޚަބަރު

ދެ ކުއްޖަކަށް ދޮން ބައްޕައަކު ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

މެދު ރާއްޖެތެރޭގެ ރަށެއްގައި ދެ ކުއްޖަކަށް ދޮން ބައްޕައަކު ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު ވިދާޅުވީ މެދު ރާއްޖެތެރޭގެ ރަށެއްގައި 55 އަހަރުގެ ފިރިހެނަކު އޭނާގެ ދެ ދޮން ދަރިންނާއި މެދު ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ އެއްވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި އަނިޔާ ލިބިފައިވަނީ 18 އަހަރުން ދަށުގެ ދެ ކުއްޖަކަށް ކަމަށްވާއިރު، މި މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައިވާކަން އޮފިޝަލް ވިދާޅެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!