މުނިފޫހިފިލުވުން

"ހަތުރޯން ކޭ ކިލާޅީ" މިމަހު 22ގަ ފަށަނީ

ދެން އެމްވީ ، ދެން އޮންލައިން

ކަލާޒް ޓީވީއިން ދައްކާ ސިލްސިލާ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 10 ވަނަ ސީޒަން މި މަހުގެ 22ގައި ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Sosun Fihaara

މި ޝޯ ވަނީ މިދިޔަ އަހަރު ބަލްގޭރިއާގައި ޝޫޓް ކޮށްފައެވެ. "ހަތުރޯން ކޭ ކިލާޅީ" މި ޝޯ އަކީ މަޝްހޫރު ޑައިރެކްޓަރ ރޯހިތު ޝެޓީ ހޯސްޓް ކުރާ ޝޯއެކެވެ.

މިފަހަރުގެ ޝޯގައި ވާދަކުރަނީ ބަތަލާ ކަރިޝްމާ ތަންނާ، އަދާ ހާން، ތޭޖާސްވީ ޕްރަކާޝް، ބޯޖްޕޫރީ ބަތަލާ ރާނީ ޗެޓަޖީ، އަމްރުތާ ހާންވިލްކަރު، އެކްޓަރު ކަރަން ޕަޓޭލް، ޝިވިން ނަރަންގް، ނެށުންތެރިޔާ ދަރުމޭޝް ޔެލަންޑޭ، އާރްޖޭ މަލިޝްކާގެ އިތުރުން ކޮމީޑިއަން ބަލްރާޖް ސަޔާލެވެ.

"ހަތުރޯން ކޭ ކިލާޅީ"ގެ 9 ވަނަ ސީޒަން ކާމިޔާބު ކޮށްފައިވަނީ މަޝްހޫރު ނެށުންތެރިޔާ ޕުނިތް ޕާޓަކްއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!