ދުނިޔެ

ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 426 އަށް އަރައިފި

ދެން އެމްވީ ، ދެން އޮންލައިން

ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 426 އަށް އަަރައިފި އެވެ.

Ads by WAMCO

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ އެކަނި ވެސް ވަނީ ޗައިނާގެ ހުބެއި ޕްރޮވިންސުން ބަލީގައި 64 މީހަކު މަރުވެ 2،345 މީހުންނަށް މި ބަލި ޖެހިފައެވެ. ހުބެއި ޕްރޮވިންސަކީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ސިޓީ އެވެ.

މިހާތަނަށް ހުބެއި ޕްރޮވިންސުން މި ބައްޔަށް 13،522 މީހުން ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 10،990 މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި 576 މީހުން ތިބީ ސީރިއަސް ހާލަތުގައެވެ.

މި އަދަދުތަކާއެކު މި ބަލީގައި ޗައިނާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 425 އަށް އަރާފައެވެ. މި ބަލީގައި ފިލިޕީންސް އިން ވެސް ވަނީ ޗައިނާ މީހަކު މަރުވެފައެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 19،000 އަށް ވުރެ މައްޗަށް އަރާފައެވެ.

މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީން ކަމަށްވީ ނަމަވެސް މި ބަލި ޖެހިފައިވާ މީހުންތައް ޗައިނާގެ އެހެން ސިޓީތަކުންނާއި އަދި ބައެއް އެހެން ގައުމުތަކުން ވެސް މިހާރު އަންނަނީ ފެންނަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!