ޚަބަރު

އެމްޑީޕީ ޕްރައިމަރީ: ބާތިލް ކުރި ގއ. އަތޮޅުގެ ވޯޓްލުން އަންނަ ހުކުރު ދުވަހު

ދެން އެމްވީ ، ދެން އޮންލައިން

ކައުންސިލް އިންތިހާބަށް އެމްޑީޕީން ނެރެނޭ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގެ ތެރެއިން ވޯޓު ބާތިލް ކޮށްފައިވާ ގއ. އަތޮޅު ކައުންސިލްގެ ޕްރައިމަރީ އާއި އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

Ads by MWSC

އެމްޑީޕީން މިރޭ ބުނީ، އިންތިހާބު ބާތިލްކޮށްފައިވާ ގއ. އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ޕްރައިމަރީގެ ވޯޓު ލުން އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 7:30 އަށް ކުރިއަށް ދާނެ ކަމަށެވެ.

ގއ. އަތޮޅުގެ ޕްރައިމަރީގެ އިތުރުން މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި ނަތީޖާ ހަމަހަމަވެފައިވާ ގޮނޑިތަކުގެ ޕްރައިމަރީ ވެސް އަންނަ ހުކުރު ދުވަހު ބާއްވަން ހަމެޖިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. ނަތީޖާ ހަމަހަމަވެގެން އަލުން ޕްރައިމަރީ ބާއްވަން ޖެހޭ ގޮނޑިތަކާއި ދާއިރާތައް ވަރަަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ގއ. އަތޮޅުގެ ބައެއް ރަށްރަށުގައި ވަނީ ހަމަނުޖެހުން ހިނގާފައެވެ. އަަދި އެ އަތޮޅު ކައުންސިލްގެ ވޯޓުގެ އިތުރުން އަތޮޅުގެ ތިން ރަށެއްގެ ރަށު ކައުންސިލްގެ ވޯޓު ވަނީ ބާތިލްކޮށްފަ އެވެ. އެއީ ވިލިނގިލި، ދާންދޫ، އަދި ކޮލަމާފުއްޓެވެ. އެ ރަށްރަށުގެ ވޯޓު ކަރުދާސްތައް ވެސް އަންދާލި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!