މާލެ އަތޮޅުގެ ރިސޯޓެއްގައި ރޯވެއްޖެ

ކ.އަތޮޅު ގަމަރުގިރި ކައިރީގައި އޮންނަ ދަ ރިޒް ކާލްޓަން އެންން ސްޕާ ރިސޯޓުގެ ވޯޓާ ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު 12:29 ހާއިރުކަމަށެވެ.
މިހާދިސާގައި އަލިފާން ރޯވެފައި ވަނީ ކިހާވަރަކަށް ކަމެއް، އަދި އަލިފާންގަނޑު ފެތުރިފައި ވަނީ ކިހާވަރަކަށް ކަމެއް އެމްއެންޑީއެފްއިން އަދި ހާމައެއް ނުކުރައްވައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، އަލިފާން ނިއްވުމަށް މިހާރު އެމްއެންޑީއެފްގެ ފަޔާ ޓީމް ރިސޯޓަށް ދަތުރު ކުރަމުންދާކަމަށެވެ. އަދި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައިވާ ކަަމަށް ރިސޯޓުން މައުލޫމާތު ދޭ ކަމަށް ވެސް ވިދާޅުވިއެވެ.