ޚަބަރު

ފްލެޓަށް ކުރިމަތިލި މީހުންނަށް ނުގުޅޭތީ، ހާލަތު ނޭނގިފައި

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ގާއިމު ކުރަމުންދާ ފްލެޓުތަކަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ބައެއް ފަރާތްތަކަށް ނުގުޅޭތީ ދިރިއުޅުމުގެ ހާލަތު ބެލިފައި ނުވާ ކަމަށް ފްލެޓުތަކުގެ ކޮމެޓީން ބުނެފިއެވެ.

Ads by MWSC

އެ ކޮމިޓީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ފޯމުތަކުގައި ހުރި ބައެއް ނަމްބަރު ތަކަށް ގުޅާއިރު ފޯނަށް ނުގުޅޭ މައްސަލަ ދިމާވާ ކަމަށް ފްލެޓް ކޮމިޓީއިން ބުންޏެވެ.

ނުގުޅިގެން އެ ކޮމެޓީން ވަނީ ފަސް ކެޓަގަރީއެއްގެ އިއުލާންކޮށްފައެވެ. އެއީ އެޗް13، އެޗް12، އެޗް5، އެޗް4 އަދި އެޗް15 ކެޓަގަރީގެ ފްލެޓްތަކަށް ކުރިމަތިލީ 48 މީހަކެވެ.

ފަރާތްތަކުން 2020 ފެބުރުއަރީ 11 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން 7761108 މި ނަމްބަރާ ގުޅުއްވުމަށް ވަނީ އެދިފައެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތައް މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ދެއްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!