މާލޭގައި ފުޓުސަލް ދެ ދަނޑު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
މާލޭގެ ދެ ސަރަހައްދެއްގައި ފުޓުސަލް ދަނޑު އަޅައިދޭނެ ފަރާތެއް ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައި ވަނީ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިގެ ހުސްބިމުގައި އެއް ދަނޑާއި ގަލޮޅުގައި އެއް ދަނޑުކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.
ސިޓީ ކައުންސިލުން ބުނީ މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު ފަހު 14.00ގައި ސިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭ ބައަށް ދިއުމުން އެ މަޝްރޫޢުގެ މައުލޫމާތު ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އަދި މައުލޫމާތު ސާފުކުރުމަށް ފަހު މާލެ ސިޓީ ކައުންސިލަށް މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 14.00އަށް އަގު ހުށަހެޅުމަށް ވެސް ސިޓީ ކައުންސިލުން އެދިފައިވެއެވެ.
Ads by Allied Insurance